ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރަން އެންމެ ފަހުން މިނިސްޓްރީން ހަވާލުވެއްޖެ

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 8:00

ބ. ތުޅާދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓުތައް ދޫކުރުމުގެ މައްސަލަ ބޮޑުވެ، އެ މަސައްކަތް އެންމެ ފަހުން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކުރީގެ ސަރުކާރުގައި އޭރުގެ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަނޑައެޅި އުސޫލާ އެއްގޮތަށް ހައުސިން ޔުނިޓް ބޭނުންވާ މީހުންނަށް ހުޅުވާލައި، ފޯމުތައް އިވެލުއޭޓް ކުރުމާއި ހައުސިން ޔުނިޓް ހަވާލުކުރުމުގެ ހުރިހާ ކަމެއް ހަވާލުކުރީ ތުޅާދޫ ކައުންސިލާ ކަމަށެވެ.

ނަމަވެސް، 100 ހައުސިން ޔުނިޓު ދޫކުރުމަށް ކަނޑައެޅި އުސޫލަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި އަދި އިސްލާހުކުރި އުސޫލަށް ބިނާކޮށް އޮކްޓޯބަރު 9، 2023 ގައި ތުޅާދޫ ކައުންސިލް އިދާރާ އިން ޝާއިއުކުރި ވަގުތީ ލިސްޓަކީ ވެސް ބާތިލް ލިސްޓެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މީހަކު މައްސަލައެއް ހުށަހެޅި އެވެ.

މައުޟޫޢުތަށް