އަންޗެލޮޓީގެ ޓެސްޓުން ނޭމާ ފާހެއް ނުވި؟

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 7:46

ކުޅެން ނުކުތްތާ މާ ގިނަ ދުވަހެއް ނުވެ ނޭމާ އަށް އަނެއްކާ ވެސް ސީރިއަސް އަނިޔާއެއް ވެއްޖެ އެވެ.

ބްރެޒިލް ލީގުގެ ސަންޓޯސް އަށް ލީގުގެ ފަހު ތިން މެޗަށް ވެފައި ވަނިކޮށް، އުމުރުން 33 އަހަރުގެ ނޭމާ އަށް މި މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މިއީ ނޭމާ އަށް މި އަހަރު ކުރިމަތިވި ހަތަރުވަނަ އަނިޔާ އެވެ. އޭނާގެ ކުޑަހުޅުގެ މައްސަލަތަކާއި މަސްގަނޑަށް ލިބުނު އަނިޔާ އާއި ކަކުލުގެ އަނިޔާއަކަށް ފަހު، މިހާރު މިވަނީ ވާތު ކަކުލުގެ މިނިސްކަސް އަށް އަނިޔާވެ، އިތުރު ޓެސްޓްތަކެއް ވެސް ހަދަން ޖެހިފަ އެވެ.

މައުޟޫޢުތަށް