އޮފީސް ހިންގުމަށާއި ބޭސްފަރުވާ އަށް ދައުލަތުން ފައިސާ ނުނަގަން: ޔާމީން

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 9:37

އޮފީސް ހިންގުމާއި ބޭސްފަރުވާގެ ފައިސާ ނުނެންގެވިޔަސް ގެކޮޅުގެ ހަރަދާއި މާލީ އިނާޔަތަށް ޔާމީނަށް ވެސް ކޮންމެ މަހަކު ދައުލަތުން ފައިސާ ދޫކުރޭ

އެ މަނިކުފާނުގެ ވެރިކަން ނޮވެމްބަރު 17، 2018 ގައި ބަދަލުވި ފަހުން، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ދޫކުރާ ބަޖެޓުގެ ތެރެއިން އެއްވެސް ފައިސާއެއް ނުނަންގަވާ ކަމަށާއި ބޭސްފަރުވާ އަށް ވެސް ފައިސާ ނުހޯއްދަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ކުރި ބަހުސްގައި އިނގުރައިދޫގެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މައުޟޫޢުތަށް