ވައިޓް ހައުސް ކައިރީ ސިފައިންގެ ބަޔަކަށް ބަޑިން ހަމަލާދިން އަފްޣާން މީހާ އަކީ ކުރިން ސީއައިއޭގެ އެޖެންޓެއް

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 10:52

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއާ ކައިރި ހިސާބެއްގައި ނެޝަނަލް ގާޑްގެ ދެމީހަކަށް ހަމަލާދީ ޒަހަމްކޮށްލި މީހާ އަކީ އެމެރިކާއިން އަފްޣާނިސްތާން ހިފާފައި އޮތް އިރު އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އަށް މަސައްކަތްކުރި މީހެއް ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެފި އެވެ.

ވައިޓް ހައުސްގެ ކައިރީގައި ބަޑިން ހަމަލާދީ އެގައުމުގެ ނެޝަނަލް ގާޑްގެ ދެމީހުން ކަމަށްވާ ސާރާ ބެކްސްޓްރޮމް، 20، އާއި އެންޑްރޫ ވޮލްފް، 24، އަށް ހަމަލާދިނީ އަފްޣާނިސްތާނުން އެމެރިކާއަށް ވަަރަށް ފަހުން ހިޖުރަކުރި، ރަހްމާނުﷲ ލަކަންވާލް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ހަމަލާގައި ޒަހަމްވި ދެމީހުންގެ ތެރެއިން ސާރާ ބެކްސްޓްރޮމް މިހާރު ވަނީ ޒަހަމްތަކުގެ ސަބަބުން މަރުވެފަ އެވެ.

އެމެރިކާގެ އިދާރާތަކުން މިހާރު އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ލަކަންވާލް އެމެރިކާއަށް ހިޖުރަކުރީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ތާލިބާނުން ވަނުމުން، އެމެރިކާ ސިފައިން ފައިބައިގެން ދިޔަ އިރު ހާއްސަ ހުއްދައެއްގެ ދަށުން ގެންދިޔަ މީހުންގެ ތެރޭގައި ހިމެނިގެން 2021 ވަނަ އަހަރު އެވެ.

މައުޟޫޢުތަށް