ސިޑް އާއި ކިއާރާގެ ދަރިފުޅަށް ކިޔަނީ "ސަރާޔާ"
މިހާރު
28 ނޮވެމްބަރު 2025 | ހުކުރު | 12:06
ބޮލީވުޑްގެ އެކްޓްރެސް ކިއާރާ އަދުވާނީ އާއި އޭނާގެ ފިރިމީހާ އަދި އެކްޓަރު ސިދާތު މަލްހޯތުރާގެ އަލަތު ދަރިފުޅުގެ ނަން މިއަދު ހާމަކޮށްފި އެވެ.
އަންހެން ދަރިފުޅުގެ ނަން ހާމަކުރީ ސިޑް އާއި ކިއާރާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ދަރިފުޅުގެ މޫނު ނުފެންނަ، ލޯބި ފޮޓޯއެއް ހިމަނާފައިވެ އެވެ.
އެ ޕޯސްޓުގައި ބުނި ގޮތުގައި، އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ "ސަރާޔާ މަލްތޯހުރާ" އެވެ.