ތޫފާނުގެ ސަަބަބުން މެދުރާއްޖެތެރެ އާއި ދެކުނަށް ވިއްސާރަކުރާނެ: މެޓް
މިހާރު
28 ނޮވެމްބަރު 2025 | ހުކުރު | 3:44
ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާން "ދީތުވާ" އިންޑިއާގެ ދެކުނު ސަރަހައްދާ ދިމާލަށް ދަތުުރުކުރަމުން ދިޔަ ނަމަވެސް އެ ތޫފާނުގެ ސަބުން ރާއްޖޭގެ މެދުތެރެެ އާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިރިއޮލޮޖީ ސާވިސް (މެޓް އޮފީހުން) މިއަދު ބުނެފި އެވެ.
މެޓުން ލަފާކޮށްފައި ވަނީ މެދުރާއްޖެތެރެއިން ފެށިގެން އައްޑުއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި މެޓް އޮފީހުން ބުނީ ތޫފާން މިހާރު ހުރީ ތުރާކުނުގެ އިރު އުތުރުން ގާތްގަނޑަކަށް 876 ކިލޯމީޓަރު ދުރުން، ސްރީ ލަންކާގެ އައްސޭރިފަށުގައި ކަމަށެވެ. ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ ޓެމިލްނާޑޫ އާއި ޕޫޑްޗެރީ އާއި އަންދުރަޕްރަދޭޝްގެ އައްސޭރިފަށާ ދިމާލަށް ކަމަށް ވެސް އެ ޕޯސްޓްގައި މެޓް އޮފީހުން ބުންޏެވެ.