ހޮންކޮންގުގެ ފްލެޓް އިމާރާތްތަކުގައި ރޯވެ މަރުވި މީހުންގެ އަދަދު 128 އަށް
މިހާރު
28 ނޮވެމްބަރު 2025 | ހުކުރު | 5:22
ހޮންކޮންގުގެ އެޕާޓްމަންޓް ބިލްޑިންގު ތަކެއްގައި އަލިފާން ރޯވިތާ 42 ގަޑި އިރު ފަހުން އެ އަލިފާން ގަނޑު ނިއްވައިލެވުނު އިރު މަރުވި މީހުންގެ އަދަދު 128 އަށް އަަރައިފި އެވެ.
ހޮންކޮންގުގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ ނޫސްއެޖެންސީތަކުން ބުނީ އެޕާޓްމަންޓް ބިލްޑިންގުތަކުގައި ރޯވުމުގެ ސަބަަބުން މަރުވިކަން ކަށަވަރުވި 128 މީހުންގެ އިތުރުން 200 މީހަކު ގެއްލިފައިވާ ކަމަށެވެ.
ހޮންކޮންގުގެ ސެކްރެޓަރީ ފޯ ސެކިއުރިޓީ ކްރިސް ޓޭންގު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި ގިނަ އިމާރާތްތަކަށް ވަރަށް އަވަަހަށް ފެތުރިގެން ދިޔަ އެ އަލިފާނުގެ ސަބަބުން 79 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެސް ވެފައިވާ ކަމަށެވެ.