ލަންކާގެ ތޫފާނުގައި ޖެހި ޒުވާން ގައުމީ ކްރިކެޓް ޓީމު ތާށިވެއްޖެ!
މިހާރު
28 ނޮވެމްބަރު 2025 | ހުކުރު | 5:23
ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ބޭއްވި އޭސީސީ 19 އަހަރުންދަށުގެ ޕްރިމިއާ ކަޕްގައި ވާދަކުރުމަށް ފަހު ރާއްޖެ އަންނަން ފުރި ގައުމީ ކްރިކެޓް ޓީމު ލަންކާގެ ތޫފަނުގައި ޖެހި ތާށިވެއްޖެ އެވެ.
ރާއްޖޭގެ ޓީމުގެ 14 ކުޅުންތެރިންނާއި ތިން އޮފިޝަލުން، ސްރީލަންކަން އެއާލައިންގެ ފްލައިޓްގައި ދަތުރު ފެށީ ރޭ ދަންވަރު 3:30 ގަ އެވެ. ފްލައިޓް ރާއްޖެ އަންނަން ހަމަޖެހިފައި އޮތީ ކޮލަމްބޯގައި ޓްރާންސިޓްވުމަށް ފަހު މިއަދު އެވެ.
އެކަމަކު ބޭ އޮފް ބެންގާލްގައި ލަންކާއާ ދިމާލުން އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، އެ ގައުމުގައި ފެންބޮޑުވެ ބިނގަޑުކަޑައިގެންގޮސް މޫސުމީ ކާރިސާއެއް ކުރިމަތިވި އެވެ. އަދި ކޮލަމްބޯގެ ބަންޑާރަނަޔަކަ އެއާޕޯޓްގެ ރަންވޭގައި ފެންބޮޑުވެ ފްލައިޓް ދަތުރުތައް ވެސް ސަސްޕެންޑް ކުރި އެވެ.