އޮފީސް ހިންގުމުގެ ހަރަދަށް 14.7 މިލިއަން ރުފިޔާ އެއްފަހަރާ ހޯދަން ޔާމީންގެ ސިޓީއެއް!

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 6:10

އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ހޯއްދަވަން ޔާމީން ފިނޭންސަށް ސިޓީއެއް ފޮނުއްވީ މި މަހުގެ 10 ގައި.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މިއަދާ ހަމަޔަށް، ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އެ މަނިކުފާނު ހުށަހަޅުއްވާފައިވާކަން އެނގިއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ދޫކުރާ މި ފައިސާ އާއި ބޭސްފަރުވާ އަށް ވެސް ނޮވެމްބަރު 17، 2018 ގައި ވެރިކަން ނިމުނީންސުރެ ދައުލަތުން ފައިސާ ނުނަންގަވާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ރޭ ޖަލްސާގައި ޔާމީން ވަނީ ދިފާއުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.

މައުޟޫޢުތަށް