ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް އަލަަށް ހުޅުވާނެ: ރައީސް

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 7:44

ކުރިއަށް އޮތް ރޯދަމަހުގެ ކުރިން 15 ވަރަކަށް މިސްކިތް މާލެ އާއި އެކި ރަށްރަށުގައި އަލަށް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރި އިސްލާމީ މަރުކަޒު މިއަދުގެ ހުކުރު ނަމާދާ އެކު، ރަސްމީކޮށް ހުޅުވުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރާއި ހެޔޮއެދޭ އެކި ފަރާތްތަކުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫއު ނިމި ރޯދަމަހުގެ ކުރިން ހުޅުވާނެ ކަަމަށެވެ.

"މީގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ހައްލު ކުރުމަށްޓަކައި އެ ތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ވެެސް ޑިސެންބަރު މަހު ފެށިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މައުޟޫޢުތަށް