ލަންކާއަށް ކުރާ ވިއްސާރައާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 10:48

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން މިރޭ އިލްތިމާސް ކޮށްފި އެވެ.

ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައިވަނީ ތޫފާން "ދީތުވާ" ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ ކަމަށެވެ.

އެހެންވެ، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށާއި ބޯކޮށް ވާރޭވެހި އަދި ވައިގަދަވާ ވަގުތުތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މައުޟޫޢުތަށް