އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ބޮޑު ޒުވާބަކަށް، ވަހީދުގެ ނަން ވެސް ފާހެއް ނުވި!

މިހާރު

28 ނޮވެމްބަރު 2025 | ހުކުރު | 11:58

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް މިރޭ ބޭއްވި ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ހޫނުވެ، ވަކި ހިސާބަކުން ގައުމީ މަޖިލިހުގެ ޖަލްސާ ހުއްޓާލައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވަން ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ ބޭއްވީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް އޮތީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެކަމަކު، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ އޭނާ އަށް ޗެއާޕާސަންގެ މަސްއޫލިއްުޔަތު އަދާކުރެއްވިދާނެތޯ ކުރިއްސުރެ އޮތީ ސުވާލުމާކެއްގެ ތެރޭގަ އެވެ.

މައުޟޫޢުތަށް