އެސްޓީއޯ އާއި ހިޓާޗީގެ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކޮށްފި
މިހާރު
29 ނޮވެމްބަރު 2025 | ހޮނިހިރު | 11:43
އެސްޓީއޯ އާއި ހިޓާޗީގެ ޕާޓްނާޝިޕަށް 25 އަހަރު ފުރުން ކުލަގަދަކޮށް ރޭ ފާހަގަކޮށްފި އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފުލާގައި ހިޓާޗީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ އިސް ފަރާތްތަކާއި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއި ބޯޑު މެމްބަރުން އަދި އެ ކުންފުނީގެ ކުރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރޭގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ޝިމާދު ވަނީ ހިޓާޗީ އާއި އެސްޓީއޯއާ ދެމެދު ގާތް ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި ހިޓާޗީ ބްރޭންޑާ އެކު، ރާއްޖޭގެ ބާޒާރަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި އެ ބްރޭންޑުގެ އުފެއްދުންތަކާ އެކު، އާއްމުންގެ ދިރިއުޅުމަށް އައިސްފައިވާ ލުއިފަސޭހަތަކަށް ވެސް އަލިއަޅުވައިލެއްވި އެވެ.