ވިކްޓަރީއަށް ދެ ލަނޑުގެ ލީޑްގައި ހިފަހައްޓާނުލެވި އީގަލްސްއާ އެއްވަރު
މިހާރު
29 ނޮވެމްބަރު 2025 | ހޮނިހިރު | 8:39
ވިކްޓަރީ އަށް ދެ ލަނޑުގެ ލީޑްގެ ހިފަހައްޓާނުލެވި އީގަލްސް އަތުން 2-2 ން އެއްވަރުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 20 މިނެޓް ނުވަނީސް ވިކްޓަރީން ދެ ލަނޑުގެ ލީޑެއް ނެގި އެވެ.
އެ ޓީމުގެ ފުރަތަމަ ލަނޑު، މެޗު ފެށިގެން 10 މިނެޓް ނުވަނީސް ޖެހީ ބްރެޒިލްގެ ފޯވާޑް ވްލަޑްމިއާ އެވަޓަން އެވެ. އީގަލްސްގެ އޭރިއާ ބޭރުން އޭނާ އަށް ބޯޅަ ލިބުނު އިރު އޮތީ ހުސްކޮށެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލްގެ ތެރެއަށް ވެސް ބޯޅަ ފޮނުވާލީ ހަމަޖެހިލައިފަ އެވެ.