މާޔޫސްވުމުން ދުރުވުމުގެ ފަރުވާއަކަށް އީމާންތެރިކަން ވަރުގަދަކުރުން

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 11:10

އިންސާނާގެ ދިރިއުޅުން ބާއްޖަވެރި ކުރަން ބޭނުން ނަމަ ދިރިއުޅުމުގައި ހަމަޖެހުމާއި އަމާންކަން ލިބެން ޖެހެ އެވެ. މިކަމަށްޓަކައި ބޭނުންވާ އެއް ކަމަކީ އުންމީދެވެ. ސަބަބަކީ އުންމީދަކީ އިންސާނާގެ ކިބައިން ކަންނެތްކަން ފިލުވާލައި ހީވާގިކަމާ އެކު، މަސައްކަތް ކުރަން ބާރު ލިބޭ ކަމެކެވެ. އަދި އެއީ ނާކާމިޔާބުވުމުގެ ފިކުރުތައް ސިކުނޑިން ދުރުކޮށް ނަފުސަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.

މިކަން މިހެން އޮތް ނަމަވެސް ބައެއް މީހުން ދިރިއުޅުމުގައި މާޔޫސްވެ، މާޔޫސްކަމުގެ އިހުސާސްތަކުން ދުރުވާން އުނދަގޫވެ އެވެ. މިފަދަ މީހުންނަށް އޮތް އެންމެ ރަގަނޅު ފަރުވާއަކީ އީމާންކަމެވެ. ސަބަބަކީ އީމާންކަމަކީ މާޔޫސްކަން ދުރުކޮށްދީ، އުއްމީދު އުފަންކޮށް އާލާކުރުވާ ކަމަކަށް ވުމެވެ.

މާޔޫސްވުމަކީ އިސްލާމްދީން އެ ކަމަށް ނަފުރަތު ކުރާ ކަމެކެވެ. ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި މާތްﷲގެ ރަހުމަތާ މެދު މާޔޫސް ވަނީ މަގު ގެއްލިފައިވާ މީހުންނެވެ (އަލްޙިޖުރު 56). އަދި ﷲގެ ރަހުމަތުން އުންމީދު ކަނޑާލާ މީހުންނަކީ ކާފިރުވީ މީހުންނެވެ (ޔޫސުފް 87).

މައުޟޫޢުތަށް