ބޮލީވިއާ ކަޕް މެޗެއްގައި 17 ރަތް ކާޑު، ބޮޑު ބަދުނާމެއް!

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 11:21

ދެކުނު އެމެރިކާ ސަރަހައްދުގެ ބޮލީވިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ މި އަހަރުގެ ބޮލީވިއާ ކަޕްގެ ކުއާޓާ ފައިނަލް މެޗެއްގައި 17 ރަތް ކާޑު ދައްކައިފި އެވެ.

މިދިޔަ ބުދަ ދުވަހު ކުޅުނު މުބާރާތުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރެއާލް އޮރޫރޯ އާއި ބްލޫމިން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމުމާ އެކު 4-3ގެ އެގްރިގޭޓް ނަތީޖާއަކުން ސެމީ ފައިނަލަށް ދިޔައީ ބްލޫމިން އެވެ.

ފުރިހަމަ ވަގުތު ހަމަވުމާ އެކު، އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މެދުގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެން ބްލޫމިންގެ ހަތް ކުޅުންތެރިއަކާއި އޮރޫރޯގެ ހަތަރު ކުޅުންތެރިއެއްގެ އިތުރުން ދެ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭ ހަ މެމްބަރަކަށް ރަތް ކާޑު ދައްކާފައި ވާކަމަށް ބޮލީވިއާގެ މީޑިއާތަކުން ބުންޏެވެ.

މައުޟޫޢުތަށް