އަނިޔާއަށް ނުބަލައި ނޭމާ ސަންޓޯސް މޮޅުކޮށްދީފި

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 3:50

ބްރެޒިލްގެ ތަރި ނޭމާ އަށް ކުރިމަތިވެފައިވާ މިނިސްކަސް އިންޖަރީއާ ގުޅިގެން ޑޮކްޓަރުންގެ ލަފައާ ދެކޮޅަށް ސަންޓޯސް މިއަދު ކުޅުނު މެޗުގައި ފުލްކޮށް ކުޅެ، އޭނާ ޓީމު މޮޅު ކޮށްދީފި އެވެ.

ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ސަންޓޯސް، ލީގުގެ ފުލުގައި މިހާރު ރެލިގޭޓް ވެފައި އޮތް ސްޕޯޓްއާ ދެކޮޅަށް ކުޅެ މިއަދު މޮޅުވީ 3-0 އިންނެވެ.

މި މެޗުގައި ސަންޓޯސް ފުރަތަމަ ލީޑު ނެގީ ކެޕްޓަން ނޭމާގެ ގޯލަކުންނެވެ. އަދި ދެވަނަ ގޯލަކީ އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ހާފުގައި ސަންޓޯސްގެ ތިންވަނަ ލަނޑު ޖެހީ ނޭމާ ނަގައިދިން ކޯނަރަކުންނެވެ.

މައުޟޫޢުތަށް