ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 29 ވިޔަފާރިއެއް ރިޕޯޓްކޮށްފި، ފިޔަވަޅު އަޅަން ނުކުންނަނީ

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 1:29

ރާއްޖޭގައި ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓް ކުރަން އިއުލާން ކުރުމުގެ 14 ގަޑިއިރު ތެރޭގައި 29 ތަނެއް ރިޕޯޓްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ގަވައިދާ ހިލާފަށް ބިދޭސީން އެކި ވިޔަފާރިތައް ފުޅާ ގޮތެއްގައި ހިންގާ ކަމުގެ ޝަކުވާ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގައި ދަނީ ލިބެމުންނެވެ. ރައްޔިތުންގެ އެ ޝަކުވާތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އިއްޔެ އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓް ކުރަން އާންމުންނަށް ހުޅުވާލައިފަ އެވެ.

މައުޟޫޢުތަށް