ދަރިފުޅު ޔޫތު ލީގުގައި ކުޅެން އެރި ވަގުތު އެންމެންގެ ސަމާލުކަން މާސެލޯގެ ދެމަފިރިންނަށް

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 4:16

ރެއާލް މެޑްރިޑާއި ބްރެޒިލްގެ ކުރީގެ ވާތުބެކް، މާސެލޯގެ ދަރިފުޅު އެންޒޯ އަލްވެސް ޔޫއެފާ ޔޫތު ލީގުގައި ފުރަތަމަ ފަހަރަށް ކުޅެން އެރި ވަގުތު މާސެލޯގެ ދެމަފިރިންނަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެ އެވެ.

އުމުރުން 19 އަހަރުން ދަށުގެ މި މުބާރާތުގައި 16 އަހަރުގައި އެންޒޯ ކުޅެން ނުކުތީ މިދިޔަ ހަފުތާގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗުގެ 79 ވަނަ މިނިޓުގަ އެވެ.

އެ މެޗުން ރެއާލް މޮޅުވީ 2-0 އިންނެވެ. އަދި ލީގު ބުރުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، ރެއާލް އޮތީ އެއްވަނައިގަ އެވެ.

މައުޟޫޢުތަށް