ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ނަސްރީން އިސްތިއުފާ ދެއްވައިފި

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 5:49

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެއް އަހަރާއި ހަފުތާއެއްގެ މުއްދަތަށް ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ހޭދަކުރެއްވުމަށް ފަހު، ނަސްރީން އިސްތިއުފާ ދެއްވީ ސަރުކާރުގެ އެހެން މިނިސްޓްރީއަކަށް ބަދަލުވެވަޑައިގަތުމަށް ކަމަށް އޭނާގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގަ އެވެ.

މައުޟޫޢުތަށް