ލަންކާ އަށް އެހީވާން ޕީއެސްއެމުން އިސްވެ ޓެލެތޯނެއް ބާއްވަނީ
މިހާރު
29 ނޮވެމްބަރު 2025 | ހޮނިހިރު | 7:18
ސްރީ ލަންކާ އަށް އެރި ބާރުގަދަ ތޫފާން "ދީތުވާ" ގައި އެ ގައުމަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯނެއް ބާއްވަން ނިންމައިފި އެވެ.
އެ ޓެލެތޯން ކުރިއަށް ގެންދަން ޕީއެސްއެމުން ނިންމާފައި ވަނީ މާދަމާގެ ހެނދުނު ނުވަޔަކުން މާދަމާ ރޭގެ މެންދަމު އެކެއް ޖަހަންދެންނެވެ.
ޕީއެސްއެމުން މިއަދު ބުނީ ލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ އެންމެ ގާތް ގުޅުން އޮންނަ އަދި އެންމެ ކަރިރީގައި އޮތް އަވައްޓެރި ގައުމު ކަމަށް ވާއިރު އެ ގައުމަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.