އޮފީސް އިނާޔަތަށް 14.7 މިލިއަން ހޯދުމުގެ ސިޓީގެ ވާހަކަ ތިލަވުމުން އަނެއްކާވެސް ފަލާހު، ޔާމީން ފަހަތުން!

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 8:11

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ފެށިގެން މި މަހާ ހަމަޔަށް، ކުރީގެ ރައީސްގެ އޮފީސް ހިންގުމުގެ ހަރަދަށް ޖެހޭ 14.7 މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ފިނޭންސް މިނިސްޓްރީ އަށް އެ މަނިކުފާނު ސިޓީއެއް ފޮނުއްވާފައިވާކަން މީޑީއާ އަށް ތިލަވުމާ ގުޅިގެން ވެސް އިނގުރައިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ފަލާހު ޔާމީނަށް ފާޑުވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސުންގެ އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާ މެދު ރައްޔިތުންގެ މަޖިލިހުގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ބަހުސްގައި ޔާމީނާ ގުޅުވައިގެން ފަލާހު ދެއްކެވި ވާހަކަތަކަކާ އެކު، ޔާމީންގެ އޮފީސް ހިންގުމުގެ ހަރަދުގެ މައްސަލަ ވަނީ ބަހުސަކަށް ވެފަ އެވެ.

ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ފަލާހަށް ރައްދު ދިނުމުގެ "ސެޝަން" ގައި ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަން ނޮވެމްބަރު 17، 2018 ގައި ބަދަލުވި ފަހުން، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ދޫކުރާ ބަޖެޓުގެ ތެރެއިން އެއްވެސް ފައިސާއެއް ނުނަންގަވާ ކަމަށެވެ. އަދި ބޭސްފަރުވާ އަށް ވެސް ދައުލަތުން ފައިސާ ހޯއްދަވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

މައުޟޫޢުތަށް