ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އައިސީޔޫގައި

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 8:16

ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ޚާލިދާގެ އާއިލާ އާއި އޭނާގެ ބަންގްލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން މިކަން ކަށަވަރުކޮށްދެމުން ވަނީ އެންމެން ވެސް ޚާލިދާއަށް ޝިފާ ދެއްވުން އެދި ދުއާކޮށްދިނުމަށް އެދިފަ އެވެ.

އުމުރުން 80 އަހަރުގެ ޚާލިދާގެ ޕާޓީގެ މެންބަރަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެން ޚާލިދާ އެޑްމިޓްކުރީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި ހާލު ވަރަށް ބޮޑު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައުޟޫޢުތަށް