ތުހުމަތުތަކާ އެކު ދަ ޓްރެވެލް ގައިސް އިން ސަނީ އުމަރު ވަކިކުރަން ނިންމައިފި
މިހާރު
29 ނޮވެމްބަރު 2025 | ހޮނިހިރު | 10:01
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުއްވި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވުމާ އެކު، އެ ކުންފުނީގައި އޮތް އޭނާގެ ހިއްސާ އަތުލަައި ކުންފުނިން ވަކިކުރަން ނިންމައިފި އެވެ.
ދަ ޓްރެވެލް ގައިސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަނީ އުމަރުގެ ހިއްސާ އަތުލަން ނިންމީ އެ ކުންފުނީގެ ބޯޑުން ކަމަށެވެ. އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާ ނުލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"... މި ހިއްސާތައް [ސަނީ އުމަރު އަތުން އަތުލާ ހިއްސާތައް] އޮންނާނީ ކުންފުނީގެ ތެރޭގަ އެވެ. މި ކަމުގައި ގާނޫނީ އަދި ކޯޕަރޭޓް ގަވާނެންސްގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަ ކުރާނަމެވެ،" ޓްރެވެލް ގައިސް އިން ބުންޏެވެ.