ފިޓް ޖެހިގެން ދަނޑުމައްޗަށް ވެއްޓުނު ހޮކޭ އަށް އޭޑީކޭގެ އިމަޖެންސީގައި ފަރުވާދެނީ
މިހާރު
29 ނޮވެމްބަރު 2025 | ހޮނިހިރު | 9:27
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފިޓް ޖެހިގެން ދަނޑުމައްޗަށް ވެއްޓުނު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް އޭޑީކޭގެ އިމަޖެންސީގައި ފަރުވާ ދޭން ފަށައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް އޮޑި ސްޕޯޓްސްއިން މިއަދު ކުޅުނު މެޗުގެ 66 ވަނަ މިނެޓްގައި އޮޑީގެ ކެޕްޓަން ހޮކޭ، ސެންޓަ ސާކަލްތެރެއިން ބޯޅައިގައި ބޮލުން ޖަހަން ހޮކޭ މައްޗަށް ފުންމައިގެންފައި އެރި ގޮތަށް ދަނޑުމައްޗަށް ވެއްޓުނެވެ.
އޭނާ އަށް ފަރުވާ ދޭން އެހީ ތެރިން ދަނޑަށް އަރައި ދަނޑުމަތީގައި ވެސް ފަރުވާ ދިނެވެ. އެއަށް ފަހު އަށިގަނޑުގައި އޭނާ ދަނޑުން ބާލައި ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ.