ޓްރެވެލް އެޑްވައިޒަރީ: ސްރީލަންކަން އިން ދަތުރުކުރާ ނަމަ އެއާޕޯޓަށް ދިއުމުގެ ކުރިން ގުޅާ!

މިހާރު

29 ނޮވެމްބަރު 2025 | ހޮނިހިރު | 10:34

ސްރީ ލަންކާ އަށް ބާުގަދަ ތޫފާނެއް އަރައި، އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ވައިގެ ދަތުރުފަތުރަށް މި ދުވަސްވަރު ބުރޫއަރާފައި ވާތީ ސްރީ ލަންކަން އެއާލައިންސުން ލަންކާ އަށް ދަތުރުކުރާ ފަސިިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން ގުޅައި، މައުލޫމާތު ސާފުކުރަން އެ އެއާލައިނުން މިއަދު އެދިއްޖެ އެވެ.

ލަންކާ އަށް އެރި ބާރުގަދަ ތޫފާން "ދީތުވާ" ގައި އެ ގައުމަށް ލިބެމުންދާ ގެއްލުންތަކުގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 132 އަށް އަރައި ހާލަތު އިތުރަށް ގޯސްވުމުން މިއަދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.

ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަދި އައްޑޫ ގަމަށް އަންނަން މިއަދުގެ ހެނދުނަށް ތާވަލްކުރި ސްރީލަންކަން އެއާލައިންސް ފްލައިޓުތައް ވެސް ކެންސަލްވެ، ގިނަ ބަޔަކު އެއާޕޯޓުގައި ތާށިވެ އެތައް އިރެއް ވަންދެން ތިބެން ޖެހުނެވެ. ފްލައިޓުތައް ކެންސަލްވިކަން ފަސިންޖަރުންނަށް އެނގުނީ ވެސް އެއާޕޯޓަށް ދިޔަ ފަހުންނެވެ.

މައުޟޫޢުތަށް