ތިނަދޫ ގެއެއްގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެއްސަކާއި ތައިލެންޑުގެ މީހަކު އަތުލައިގެންފި
މިހާރު
29 ނޮވެމްބަރު 2025 | ހޮނިހިރު | 11:47
ފިރިހެންމީހާ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައި
ގދ. ތިނަދޫގެ ގެއެއްގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގަން ތިބި ދިވެހި ފިރިހެނަކާއި ތައިލެންޑުގެ އަންހެނަކު ރޭ އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނީ އެ ރަށުގެ ގެއެއްގައި ހަށި ވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަނުގައި އެ ގެ ބަލައި ފާސްކުރި ކަމަށެވެ.