ޔަމާލް ފުރަތަމަ ފަހަރަށް ކޭމްޕް ނޫގައި ލަނޑު ޖަހައިފި

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 12:52

ބާސެލޯނާ (ނޮވެމްބަރު 29) - ބާސެލޯނާގެ ޒުވާޏް ތަރި ލަމީން ޔަމާލް، އެ ކްލަބްގެ ސްޕޮޓިފައި ކޭމްޕް ނޫ ސްޓޭޑިއަމްގައި ފުރަތަމަ ފަހަރަށް ލަނޑު ޖަހައިފި އެވެ.

ޔަމާލް ކޭމްޕް ނޫ ގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ މިރޭ ލީގުގައި އެޓީމު ޑިޕޯޓިވޯ އަލަވޭސްއާ ބައްދަލުކޮށް 3-1 އިން މޮޅުވި މެޗުގަ އެވެ.

އަލަވެސް އިން ފުރަތަމަ މިނިޓުގައި ޕަބްލޯ އިބަނީޒްގެ ލަނޑަކުން ލީޑު ނަގާފައި ވަނިކޮށް ބާސާ އެއްވަރު ކުރީ އަށްވަނަ މިނިޓުގައި ޔަމާލް ޖަހައިިން ގޯލުންނެވެ. އަދި ރަފީނިއާގެ އެހީތެރިކަމާ އެކު 26 ވަނަ މިނިޓުގައި ބާސާ އަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ.

މައުޟޫޢުތަށް