މިނަމީނޯގެ ލަނޑުން ބަލިވެ، ޕީއެސްޖީ އަށް އެއްވަނައިގެ ލީޑު ގެއްލުމުގެ ބިރު
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 12:24
މޮނާކޯ (ނޮވެމްބަރު 30) - ކުރިން ލިވަޕޫލަށް ކުޅުނު ޖަޕާންގެ މިޑްފީލްޑަރު ޓަކޫމީ މިނަމީނޯ ޖަހައިދިން ގޯލުން މޮނާކޯ 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.
މިނަމީނޯ 68 ވަނަ މިނިޓުގައި ލަނޑު ޖެހިއިރު 80 ވަނަ މިނިޓުގައި މޮނާކޯގެ ޑިފެންޑަރު ތީލޯ ކޭރާރަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ ފަހު ފަސް މިނިޓަށް މިނަމީނޯގެ ބަދަލުގައި ޕޯލް ޕޮގްބާ ވަނީ ކުޅެން އަރައިފަ އެވެ. މިއީ ދެ އަހަރެއްހާ ދުވަހު ޑޯޕިން ބޭން އަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް ވަދެ ޕޮގްބާ ކުޅުނު ދެވަނަ މެޗެވެ. އަދި މިއީ އޭނާ މޮނާކޯގެ ހޯމް ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.