ތަށި ހޯދަން ކުރާ ދަތުރު ސީދަލެއް ނުވާނެ: ފޮޑެން
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 10:57
މެންޗެސްޓާ (ނޮވެމްބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދަން ކުރާ ދަތުރަކީ އެއްގޮތަކަށް ވެސް ފަސޭހަ ދަތުރެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޮޑެން ބުނެފި އެވެ.
ފޮޑެން މިހެން ބުނީ ރޭ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ އިތުރު ވަގުތުގައި 3-2 އިން އެ ޓީމު މޮޅުކޮށްދޭން ޖެހި ލަނޑަށް ފަހު މީޑީއާއާ ވާހަކަ ދައްކަމުންނެވެ.
"ތައްޓާ ހަމައަށް ވާސިލުވާން ކުރާ ދަތުރު ސީދަލަކަށް ނުދާނެ. އަބަދުވެސް އުސްގަނޑަކަށް ފަހު އަޑިގަނޑުތަކާ ކުރިމަތިލާން ޖެހޭނެ. ކުރިއަށް ނުދެވޭނެހެން ހީވާ ކަހަލަ ވަގުތުތައް ވެސް އަންނާނެ. އަހަރެމެން އެ ހުރިހާ ހާލަތެއް ތަޖުރިބާ ކޮށްފިން،" ފޮޑެން ބުންޏެވެ.