ހޮކޭގެ އެމްއާރްއައި ސްކޭން "ނޯމަލް"، ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި!

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 8:02

ފިޓް ޖެހިގެން ދަނޑު މައްޗަށް އިއްޔެ ވެއްޓުނު ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް އިއްޔެ ހަވީރު އޮޑި ސްޕޯޓްސްއިން ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ހޮކޭ ފިޓް ޖެހުމުން، ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު އޭނާ ގެންދިޔައީ ހޮސްޕިޓަލަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ މެޗުގެ 66 ވަނަ މިނެޓްގައި ސެންޓަ ސާކަލްތެރެއިން ބޯޅައިގައި ބޮލުން ޖަހަން ހޮކޭ މައްޗަށް ފުންމައިގެންފައި އެރި ގޮތަށް ދަނޑުމައްޗަށް ވެއްޓުނެވެ. އޭނާ އަށް ފަރުވާދޭން އޮޑި އާއި ޓީސީގެ މެޑިކަލް އޮފިޝަލުންގެ އިތުރުން ގައުމީ ޓީމުގެ ފިޒީޝާން ހިޝާމް ޒަކީ ވެސް ދަނޑަށް އެރި އެވެ.

މައުޟޫޢުތަށް