އައިކެއާއިން ރޯދަ އުމްރާ ދަތުރެއް ދެނީ!

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 12:34

ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް، އައިކެއާ އޮޕްޓިކަލްސް އިން ރޯދަ އުމްރާ ދަތުރެއް ދޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 1،000ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ފުރިހަމަ ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެކަކަށް ދެ މީހެއްގެ ރޯދަ އުމްރާ ދަތުރެއް ލިބޭނެ އެވެ.

އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އެ ހޮސްޕިޓަލުން ވިއްކާ ބައެއް ބްރޭންޑުތަކުން 30 ޕަސެންޓުގެ ޑިސްކައުންޓު ވެސް ލިބޭނެ އެވެ. އަދި 3،000ރ. އިން މަތީގެ އައިނު ހައްދާ ކަސްޓަމަރުންނަށް 500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ދޫކުރާނެ އެވެ. މިއީ ކަސްޓަމަރުން ބޭނުންވާ ނަމަ އެހެން މީހަކަށް ހަދިޔާ ވެސް ކުރެވިދާނެ ވައުޗަރެކެވެ.

މައުޟޫޢުތަށް