ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 1:12
ހުޅުމާލެ އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
މީގެ ދެ ދުވަސްކުރިން ގެއިން ނުކުމެގެން ދިއުމުން، ފުލުހުން ހޯދަމުން އަންނަނީ ޝިބާ ރަޝީދު، ރ. ދުވާފަރު، ސިކްސް ސެންސް އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސްދޭއްގައި ދިރިއުޅޭ ޝިބާ މިދިޔަ ހުކުރު ދުވަހު ފަތިހު 5:55 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާއިން ހުކުުރު ދުވަހު ރިޕޯޓުކޮށްފަައިވާ ކަމަށެވެ.