އޮޅުވާލައިގެން އެކި އެކައުންޓުތަކަށް ފައިސާ ޖަމާކުރަމުންދާ މީހަކު ހައްޔަރުކޮށްފި
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 1:36
އޮޅުވާލައިގެން އެކި މީސްމީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާ އަނބުރާ ނުލިބޭ ހާލަތުގައި ފަައިސާގެ ބަދަލުގައި މުދާތައް ވެސް ހޯދަމުން ދިޔަ މީހަކު ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، ނަގަމުންދިޔަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބ. ތުޅާދޫ، މަންޒަރުގެ، މުހައްމަދު ޝާވިން، 23، އެވެ.