ސިވިލް ކޯޓުގެ ދެ ގާޒީއަކާ ގުޅޭ މައްސަލަތަކެއް މުވައްޒަފުން ޖޭއެސްސީއަށް ހުށަހަޅައިފި
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 1:53
ސިވިލް ކޯޓުގެ ދެ ގާޒީއަކާ ގުޅޭ މައްސަލަތަކެއް އެ ކޯޓުގެ ބައެއް މުވައްޒަފުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޝަނަށް ހުށަހަޅާފައިވަނީ ގާޒީ އަބްދުﷲ އިހުސާން އަދި ގާޒީ ހާފިޒާ އަބްދުއްސައްތާރުއާ ގުޅޭ މައްސަލަތަކެކެެވެ.
ގާޒީ ހާފިޒާއާ ގުޅޭ ގޮތުން މުވައްޒަފުން ހުށަހަޅާފައިވަނީ، އެނގިފައިވާ ގޮތުގައި މުވައްޒަފުންނާ މުއާމަލާތްކުރާ ގޮތާއި އަމަލުތައް ބަހައްޓާ ގޮތުގެ މައްސަލަތަކެވެ. މިދިޔަ ހަފުތާގައި ޖޭއެސްސީ އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ބަލަން ފަށާފައިވާ ކަމެއް އަދި ނޭނގެ އެވެ.