ކައުންސިލް އިންތިހާބުގެ ޓިކެޓަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 2:44

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމައި ޕާޓީގެ ލީޑަޝިޕުން އެކަން އިއުލާންކުރީ އެ ޕާޓީގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހު 15 ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

މައުޟޫޢުތަށް