ސޮނީ ސްޕޯޓްސްގައި ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭ "ފައްކާ ހަފްތާ ސޭލް" ކުރިއަށް ދަނީ
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 11:43
ހުޅުމާލެ 2 ގައި ހުންނަ ސޮނީ ސްޕޯޓްސް ލައިފްސްޓައިލް ފިހާރައިގައި ބޮޑެތި ޑިސްކައުންޓުތަކަކާ އެކު، "ފައްކާ ހަފްތާ" ސޭލް ފަށައިފި އެވެ.
މިއީ ސޮނީ ސްޕޯޓްސްގެ އެކި އައުޓްލެޓްތަކުގައި އެކި ދުވަސްވަރު ބާއްވަމުން އަންނަ ސޭލެކެވެ. އާއްމުންގެ ބޮޑު ތަރުހީބެއް ލިބޭ މި ސޭލްގައި މިފަހަރު 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ސޭލް ކުރިއަށް ދާނީ ހުޅުމާލެ, ފޭސް 2ގެ ވިނަރެސް 4 ވަނަ ޓަވަރުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިގައި އަންނަ ހޮނިހިރުދުވަހުގެ ނިޔަލަށެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ މި ސޭލް އަކީ ސޮނީ ސްޕޯޓްސް އިން ވިއްކާ މަގްބޫލު، ކޮލިޓީ ރަނގަޅު ބްރޭންޑުތަކުގެ އޮތެންޓިކް ޕްރޮޑަކްޓްތައް ހެޔޮ އަގުގައި ގަތުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި އެ ސޭލްގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ސްޕޯޓްސް ބޫޓުން ފެށިގެން ސްޕޯޓްސްވެއާ އަދި ސްޓައިލިޝް ރީތި ހެދުންތަކުން ޑިސްކައުންޓު ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.