ލަންކާއަށް އެހީވާ ޓެލެތޯނަށް ފަސް ގަޑިއިރުން 9 ލައްކަ ރުފިޔާ

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 3:48

ސްރީ ލަންކާ އަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި ދިވެހިންގެ ފަރާތުން އެހީވުމަށް ޕީއެސްއެމުން އިންތިޒާމު ކޮށްގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން މިހާރު ކުރިއަށް ގެންދާ "ސިލޯނާ އެކު ދިވެހިން" ޓެލެތޯންގައި ފަސް ގަޑިއިރު ތެރޭ ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި ޑޮލަރު ލިބިއްޖެ އެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި ޓެލެތޯން މިރޭ މެންދަމު 1:00 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމިން ރަޝީދު "މިހާރު" އަށް ވިދާޅުވީ މެންދުރު ދޭއް ޖެހުމާ ހަމަައަށް 8,13,590ރ. އާއި 11،000 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށެވެ. އެންމެ ގިނައިން ޑޮލަރު ހަދިޔާކުރީ ރާއްޖޭގައި އެންމެ މުއްސަނދި އެއް ކުންފުނި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިންނެވެ. އެއީ 10،001 ޑޮލަރެވެ.

މައުޟޫޢުތަށް