އުދައްޔުގެ މަރު: ކުށް ސާބިތުނުވި މީހާގެ މައްސަލަ ހައި ކޯޓަށް

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 3:26

ގއ. މާމެންދޫގައި ގުރޫޕަކުން ގޮސް ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވެ، ސަލާމަތްވި މީހާގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ފެބްރުއަރީ، 2021 ގައި 17 އަހަރުގެ އުދައްޔު އަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ އިތުރުން އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

އޭގެ ތެރެއިން ޝަމީމާއި މާޒިންގެ މައްޗަށް ކުށް ސާބިތުވެ، އެ ދެ މީހުން މެރުމަށް ހުކުމްކުރި ނަމަވެސް ޝަރަފްގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުނުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ. ޝަރަފްގެ މައްޗަށް އެ ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.

މައުޟޫޢުތަށް