ބީއެމްއެލް އިން ލަންކާއަށް 25،000 ޑޮލަރު

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 6:38

ތޫފާން ދީތުވާގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމުގައި އެހީވުމުގެ ގޮތުން ބީއެމްއެލް އިން އެ ގައުމަށް 25،000 ޑޮލަރު (385،00ރ.) ހަދިޔާކޮށްފި އެވެ.

އެ އެހީ ދިނީ، ލަންކާއަށް އެހީވުމަށް، ޕީއެސްއެމް އިން އިސްނަގައިގެން ފެށި ޓެލެތޯގެ ތެރެއިންނެވެ. "ސިލޯނާއެކު ދިވެހީން" ގެ ނަމުގައި ކުރިއަށް ގެންދާ އެ ޓެލެތޯންގައި ބީއެމްއެލްގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.

ޝަރީފު ވިދާޅުވީ، އަވަށްޓެރި ސްރީ ލަންކާ އަކީ ރާއްޖެއާ އެކު ވިޔަފާރީގެ ގިނަ ގުޅުންތަކެއް އޮންނަ ގައުމެއް ކަމަށާއި ބީއެމްއެލްއާ އެކު ވެސް ލަންކާގެ ވިޔަފާރިތައް މަސައްކަތްކުރާ ކަމަށެވެ. އަދި އެ ގައުމުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުންގެ ބޭންކް އެކައުންޓްތައް ވެސް ބީއެމްއެލް ހުޅުވާފައި އެބަހުރި ކަމެވެ. މިއީ އެ ގައުމަށް ކުރިމަތިވި ކާރިސާއަށް އެހީވުމުގެ ގޮތުން ދޭ ޑޮނޭޝަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް