ސަން ސިޔާމް ގްރޫޕުން ލަންކާއަށް 200،000 ޑޮލަރު

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 7:48

ތޫފާން ދީތުވާގެ ސަބަބުން ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ވެފައިވާ ސްރީ ލަންކާއަށް ސަން ސިޔާމް ގްރޫޕްގެ ފަރާތުން 200،000 ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.

އެ ފައިސާ ހަދިޔާކުރެއްވުމުގެ ގޮތުން ސަން ސިޔާމް ގްރޫޕުގެ ޗެއާމަން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވަނީ ސްރީ ލަންކާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލުކުރައްވައި އެހީގެ ރަމްޒީ ޗެކެއް ހަވާލުކުރައްވާފައި ކަމަށް ސަން ސިޔާމް ގްރޫޕްގެ ފަރާތުން ހިންގާ "ސަން އޮންލައިން" އިން ބުންޏެވެ.

ހަދިޔާކުރަން ނިންމި 200،000 ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު މިއަދު ހަދިޔާ ކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ބައި ހަވާލުކުރާނެ ކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް