"އިޒްރޭލު ރޫޅޭތީ" ކަމަށް ބުނެ ކޮރަޕްޝަންގެ މައްސަލާގައި ނަތަންޔާހޫ މާފަށް އެދެފި
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 7:11
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން އޭނާ މިއަދު ރަސްމީކޮށް މާފަށް އެދެފި އެވެ.
މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ އިޒްރޭލުގެ ރައީސް އައިޒަކް ހަރްޒޮގަށް ސިޓީއެއް ފޮނުއްވައި، ނަތަންޔާހޫއަށް މައާފު ދިނުމަށް އެދިވަޑައިގެންފި އެވެ.
"އުފުލާފައިވާ މި ދައުވާއަށް މިހާރު ހަ އަހަރު ވެއްޖެ. އަދިވެސް އެތައް އަހަރަކަށް މި ދައުވާ ދެމިގެން ދާނެ ކަމަށް ބެލެވޭ،" ނަތަންޔާހޫ އާންމުކުރި ވީޑިއޯ ބަޔާނެއްގައި ބުންޏެވެ.