މިނިކާ ކުއްތާ ހަމަލާދީ އިންޑިއާއިން ނުވަ މީހަކު މަރާލައިފި
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 8:27
އިންޑިއާގައި މިދިޔަ ހަފްތާތަކުގައި މިނިކާ ކުއްތާ ހަމަލާ ދިނުމުގެ ސަބަބުން ނުވަ މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ޖަންގަލި ބަލަހައްޓާ އިދާރާތަކުގެ އޮފިޝަލުން ބުނެފި އެވެ.
ފޮރެސްޓް ރޭންޖާސް އިން ބުނީ މިނިކާ ކުއްތާގެ ހަމަލާތައް ގިނަވެފައި ވާތީ އެސޮރުމެން ހޯދަން މިހާރު ޑްރޯން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިނިކާ ކުއްތާގެ ހަމަލާގައި އެންމެ ފަހުން މަރުވީ އުއްތަރަ ޕްރަދޭޝްގެ އުތުރުގެ ބަހްރައިޗް ޑިސްޓްރިކްޓްގައި މިދިޔަ ހޮނިހިރު ދުވަހު 10 މަހުގެ އަންހެން ކުއްޖަކު ކަމަށެވެ. އެ ކުއްޖާއަށް ހަމަލާ ދިނީ މަންމަ ކައިރީގައި ނިދާފައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ.