ރަސްމީ އަދި އެކްޓިވިޓީ ޔުނިފޯމު 2027 ގައި ބަދަލުވާ ގޮތުގެ ނަމޫނާ ސްކޫލްތަކަށް ފޮނުވައިފި

މިހާރު

3 ޑިސެމްބަރު 2025 | ބުދަ | 11:35

ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުގެ ނަމޫނާ އާއި ދަރިވަރުންގެ ޔުނިފޯމު ހުންނަންވާ ގޮތުގެ އުސޫލް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވައިފި އެވެ.

ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު، ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ، ނޫ ކުލައަށެވެ.

ސަރުކާރު ސްކޫލްތަކަށް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނީ ޔުނީފޯމަށް ބަދަލު ގެންނަން ނިންމީ، ސްކޫލްތަކުގެ އިސް ވެރިންނާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

މައުޟޫޢުތަށް