އޭދަފުށީ ހިތްގައިމު މިސްކިތުގެ ބާނީ އަވަހާރަވެއްޖެ
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 10:04
ރާއްޖޭގައި މިހާރު ހުރި އެންމެ ރީތި އެއް މިސްކިތުގެ ބާނީ ބ. އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީ މިއަދު އަވަހާރަވެއްޖެ އެވެ.
މި އަހަރުގެ މާޗު 20 ވަނަ ދުވަހު އޭދަފުށީގައި ހުޅުވި "މަސްޖިދުލް މުހައްމަދު އަލީ" ގެ ބާނީ މުހައްމަދު އަލީ އުމުރުން 91 އަހަރުގައި އަވަހާރަވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން އަންނަނިކޮށެވެ.
އުމުރުން ދުވަސްވެ، ބަލިވެ އުޅުއްވާތާ އެތައް ދުވަހެއް ވެފައިވާ މުހައްމަދު އަލީ ޗެންނާއީ އަށް ގެންދިޔައީ އިތުރަށް ހާލު ގޯސްވެގެން މީގެ ދުވަސްތަކެއް ކުރިންނެވެ.