ލަންކާގައި އެހީގެ މަސައްކަތުގައި އުޅުނު ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓް މަރުވެއްޖެ

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 10:41

ސްރީ ލަންކާއަށް އެރި ތޫފާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ލަންކާ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި އޭގެ ޕައިލެޓް މަރުވެއްޖެ އެވެ.

އެއާފޯސްގެ ބެލް 212 ހެލިކޮޕްޓަރު ވެއްޓުނީ މިއަދު ހަވީރު ވެނާޕޫވާގައި ރެސްކިއު މަސައްކަތުގައި އުޅެނިކޮށެވެ. ހެލިކޮޕްޓަރު ވެއްޓުނު އިރު އޭގައި ސިފައިންގެ ފަސް މީހަކު ތިއްބެވެ.

ޕައިލެޓް ވިންގް ކޮމާންޑަރު ނިރްމަލް ސިޔަމްބަލަޕިޓްޔާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މައުޟޫޢުތަށް