ބީއެމްއެލްގެ މޯބައިލް އަދި އިންޓަނެޓް ބޭންކިން މެދުކެނޑިއްޖެ

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 10:41

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

މީގެ ގަޑިއެއްހާއިރު ކުރިން ފެށިގެން ހިދުމަތް ހުއްޓުމަކަށް އައިސްފައި ވަނިކޮށް އެ ބޭންކުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ހިދުމަތް ހުއްޓުމަކަށް އައީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

އެ ބޭންކުން ބުނީ ވީހާވެސް އަވަހަކަށް މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް