ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލުމުގެ އުއްމީދު ޔޫވީން ދަމަހައްޓައިފި

މިހާރު

30 ނޮވެމްބަރު 2025 | އާދިއްތަ | 11:08

ގްރީން ސްޓްރީޓްސްގެ މައްޗަށް 3-1 ގެ ނަތިޖާއަކުން ކާމިޔާބުކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުން މައްޗަށް ޖެހިލުމުގެ އުއްމީދު ޔުނައިޓެޑް ވިކްޓަރީން ދަމަހައްޓައިފި އެވެ.

މިއަދު ހަވީރު އެ ދެ ޓީމު ކުޅުނު މެޗަކީ ލީގުގެ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗެވެ.

ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތަށް ފަހު ލީގުގެ ދެވަނަ ބުރު ފަށާނެ އެވެ. މި އަހަރު ލީގުގެ ފުލަށް ދާ ދެ ޓީމު ސީދާ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ. ގަދަ ހައެއްގައި ނުހިމެނުނު އަނެއް ތިން ޓީމަށް އޮންނާނީ ދިވެހި ލީގު ކޮލިފައިން މުބާރާތް ކުޅެގެން އަންނަ އަހަރުގެ ދިވެހި ލީގުގެ ޖާގަ ކަށަވަރު ކުރުމެވެ. މެޗުން މޮޅުވެ، ޔުނައިޓެޑް ވިކްޓަރީ ވަނީ ހަތްވަނަ އަށް ޖެހިލާފަ އެވެ. ޔޫވީ އާއި ވެލެންސިއާ އަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ދެ ޓީމަށް ވެސް ހަތް ޕޮއިންޓެވެ.

މައުޟޫޢުތަށް