ހުޅުމާލެއިން ގެއްލުނު 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެ: ފުލުހުން
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 12:35
ހުޅުމާލެ އިން ގެއްލިގެން ހޯދަން ފުލުހުން އިއްޔެ އާންމުކުރި އުމުރުން 14 އަހަރުގެ އަންހެންކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
"ގެއްލިގެން ހޯދަމުން ދިޔަ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) 2025 ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަމިއްލަ އަށް ގެއަށް އައިސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
ފުލުހުން ބުނިގޮތުގައި އެ ކުއްޖާގެ ހާލު ރަނގަޅެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.