ކަރަންޓުގައި ޖެހި ފިހުނު މީހާއަށް އިތުރު ފަރުވާދޭން ތައިލެންޑަށް
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 9:49
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ބުދަ ދުވަހު ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނު މީހާއަށް އިތުރު ފަރުވާދިނުމަށް އެއާ އެމްބިއުލާންސްގައި ތައިލެންޑަށް ގެންގޮސްފި އެވެ.
ސްޓެލްކޯގެ 43 އަހަރުގެ މުވައްޒަފު ވަނީ އެ ހާދިސާގައި އެކި ތަންތަނުން ވަރަށް ބޮޑަށް ފިހި ހާލު ސީރިއަސް ވެފަ އެވެ.
އެ ހާދިސާއަށް ފަހު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެެވެ. އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށް ފަހު، ހަމަ އެ ދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ.